ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާއަށް ތާވަލުކޮށްފިއެވެ.
މަސީހު ރައީސް ކަމުން ވަކިކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލަ ސައްހަ ކަމަަށް ނިންމައި މާދަމާ އެ މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ އާންމު ކޮމިޓީއިން ވަނީ ނިންމައިފައެވެ.
މިޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ރޭގަނޑު 8:00 އަށެވެ.
މަޖިލީހުގެ އާންމު ކޮމިޓީއިން މިއަދު ނިންމާފައިވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ހުށަހެޅި އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންގޮސް، އެ މައްސަލާގައި ޖަވާބުދާރީވުމަށް މަސީހަށް އިތުރު ފުރުސަތެއް ވެސް ނުދިނުމަށެވެ.