މޯލްޑިވިއަނަށް ޕީޕީއެމުން ދައްކަންޖެހޭ 3.8 މިއަން ރުފިޔާ އަދިވެސް ނުލިބި ބޮޑު ދަރަންޏަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
މޯލްޑިވިއަނަށް ޕީޕީއެމުން ދައްކަންޖެހޭ 3.8 މިއަން ރުފިޔާ އަދިވެސް ނުލިބި ބޮޑު ދަރަންޏަކަށް!
ޕީޕީއެމްގެ ޙަޤީޤީ ސައިޒު ދައްކާލަން ރާއްޖޭގެ ކަންކޮޅުތަކުން މީހުން މާލެ ގެންނަން ކުރި ދަތުރުތަކަށް މޯލްޑިވިއަން ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާގެ ތެރެއިން 1 މިލިއަން ރުފިޔާ މިއަދު ދެއްކުމުން އަދިވެސް ނުދައްކައި 3.8 މިލިއަން ރުފިޔާ އެބަ އޮތެވެ.

މޯލްޑިވިއަނުން މިއަދު ވަނީ ފައިސާ ނުލިބި އޮތުމުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއިން އެބައި އުނިކޮށް ދިނުން އެދި އިލެކްޝަންސް ކޮމިޝަނަށާއިފިނޭންސް މިނިސްޓްރީއަށްވެސް ހުށަހަޅައިފައެވެ.

ޕީޕީއެމުގެ "މިލްކުވެރިކްމުގެ" މައްސަލައެއް ސިވިލްކޯޓާއި ސްޕްރީމް ކޯޓުން ދަނީ ބަލަމުންނެވެ. މައްސަލަތައް ނިމޭއިރު ރައީސް ޔާމީނަށް ޕީޕީއެމް ލިބިވަޑައިނުގެންފިނަމަ މިފަދަ ބޮޑެތި ދަރަނިތަކަށް ވާނެ ގޮތަކާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

މޯލްޑިވިއަނަށް މިހާރުވެސް ކުރިމަތިވެފައިވާ މާލީ ދަތިތަކާއިއެކު، އެކަންކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވައި ރައީސް ޔާމީނު ފަދަ އިޤްޠިޞާދީ މާހިރެއްގެ ސަބަބުން އެކުންފުންޏަށް މިހައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މިފަދަ ބޮޑު މާލީ މައްސަލައެއް ކުރިމަތިވުމުން ރައްޔިތުން ގެންދަނީ ތަފާތު ސުވާލުތައް އުފައްދަމުންނެވެ.

ބައެއް މީހުން ބުނަނީ މި ދަތުރުތައް ކުރީ ވެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އޮތުމުން "ކޮންމެވެސް ގޮތަކުން ވެރިކަން ހޯދާ" އުޞޫލުން ކޮންމެވެސް ގޮތަކުން "ހަމަޖައްސައިލުމުގެ" ނިޔަތުގައި ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަނެއްބައަކު ބުނަނީ ވެރިކަން ނުލިބުމުން ތަންތަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ފޮރުވީ ކަމަށެވެ. ޑޮލަރަށް ހަދާފައި ބޭރުކޮށްލީ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

މޯލްޑިވިއަންގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ 1 މިލިއަން ރުފިޔާ މިއަދު ދެއްކުމަށްފަހު ބާކީ 3.8 މިލިއަން ރުފިޔާ އަންނަ ހަފްތާގައި ދައްކާނެ ކަމަށް ޕީޕީއެމުން ބުނެފައިވާ ކަމަށެވެ.

މި މައްސަލަ ނިމޭ ގޮތަކުން ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ކުންފުނިތަކުން ދަރަންޏަށް ޚިދުމަތް ދިނުމުގެ މައްސަލަ އުފެދި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެސް މިވަނީ އުފެދިފައެވެ.

ޑީއާރުޕީ ބައިބައިވެ ޕީޕީއެމް އުފެއްދި މަރުހަލާގައި ޑީއާރުޕީ އަށްވެސް ހަމަ މިފަދަ މައްސަލަތަކެއް ކުރިމަތިވިކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން