ގަމު ވަލުތެރޭ ގައި ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ސާމާނާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 47ސ
ގަމު ވަލުތެރޭ ގައި ބަނގުރާ ކެއްކުމަށް  ބޭނުން ކުރާ ސާމާނާއެކު  މީހަކު ހައްޔަރުކޮށްފި
ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއެކު ލ. ގަމުން މީހަކު ހައްޔަރުކޮށްފިއެވެ.

ލ. ގަމު ވަލުތެރޭގައި ބަނގުރާ އުފައްދަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން އޮކްޓޫބަރ 29ވަނަ ދުވަހުގެ ހަވީރު ލ.ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ، މިމީހާ ހުރި ސަރަހައްދު ބަލައިފާސްކުރި އިރު ، ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ކަމަށް ބެލެވޭ ތަކެތި އެސަރަޙައްދުން ފެނިފައިވެއެވެ.

މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.
މިއަދު އޮންލައިން