އެންޓި ޑިފެކްޝަން ބިލް އުވާލަން ކޮމެޓީން ނިންމައިފި

ކިޔުމަށް ހޭދަވާނީ 58ސ
އެންޓި ޑިފެކްޝަން ބިލް އުވާލަން ކޮމެޓީން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެމްބަރުކަން ގެއްލޭގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް، އެބިލު ދިރާސާ ކުރި ކޮމެޓީން ނިންމައިފިއެވެ.

އެޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝިދެވެ. މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް، ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް މައްސަލަ ވަނީ ފޮނުވާފައެވެ. ޖުމްލަ 34 މެމްބަރުންގެ ވޯޓާއެކު ބަލައިގަތުމުން އެންޓި ޑިފެކްްޝަން ޤާނޫނު އުވާލުމަށް ކޮމިޓީން ނިންމާފައިވަނީ ހަތް މެމްބަރުންގެ އިއްތިފާގުންނެވެ.

މިކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޢަބުދުލް ޣަފޫރު މޫސާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
މިއަދު އޮންލައިން