ފުވައްމުލަކުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި!

ކިޔުމަށް ހޭދަވާނީ 42ސ
ފުވައްމުލަކުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި!
ޏ.ފުވައްމުލަކު ސިޓީގައި ޒުވާނަކަށް މިރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

ފުވައްމުލަކުގައ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އުމުރުން 18 އަހަރުގެ އެޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި އެޒުވާނާގެ ބަނޑަށާއި ކަރަށް ވަނީ ހަމަލާ ދީފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ އެޒުވާނާ މިހާރު އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި އޭނާގެ ގައިން ފުދޭވަރަކަށް ގިނައިން ލޭ އަންނަމުންދާތީ، ލޭ މަނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިމާރާމާރީއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީގެން މިރޭ 20:50 ގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި މިމައްސަލައިގައި އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ.
މިއަދު އޮންލައިން