ފުވައްމުލަކުގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން އިތުރު ޒުވާނަކު ހައްޔަރު ކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 35ސ
ފުވައްމުލަކުގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން އިތުރު ޒުވާނަކު ހައްޔަރު ކޮށްފި

ފުވައްމުލަކު ސިޓީގައި ރޭ ހިނގި މާރާމާރީ އާއި ގުޅިގެން އުމުރުން 21 އަހަރުގެ ޒުވާނެއް، ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމާރާމާރީ އާއި ގުޅިގެން އުމުރުން 21 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރު ކުރެވިފައިވާ ކަމަށެވެ.

ރޭ ހިނގި މިމާރާމާރީގައި އުމުރުން 18 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލުމުން، އޭނާއަށް ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. އަދި މިކަމާއި ގުޅިގެން ރޭ 23:30 ހާއިރު ފުލުހުން ވަނީ އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްވެސް ހައްޔަރު ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، 18 އަހަރުގެ ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާ ގޭގައި ހުއްޓައެވެ.

މިއަދު އޮންލައިން