ރައީސް ޔާމީނުގެ ވެރިކަން ނިންމަން ޖެހޭކަން ޤަބޫލުފުޅުކުރައްވައި އެކަމަށް ފުރަތަމަ ނުކުމެވަޑައިގަތް ޝައިޚް އިމްރާން ޢަބްދުﷲއަށް ތަޢްރީފް ޙައްޤު ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝައިޚް އަނީލް ވިދާޅުވީ ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބު ހޯދި ކޯލިޝަނުގެ ޙަޤީޤީ "މާސްޓަރމައިންޑް" އަކީ ޝައިޚް އިމްރާން ކަމަށާއި އެމަނިކުފާނު ޖަލަށް ލެވުނީ ނުކުރައްވާ ކުށަކަށް ކަމަށެވެ. އަދި އިދިކޮޅު ވިއްސި ވިހާލިވެފައިވަނިކޮށް ޝައިޚް އިމްރާން އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތާ ވެވަޑައިގެންނެވި ޤްރްބާނީ ދުވަހަކުވެސް ދިވެހިން ހަނދާން ނުނެތޭނެ ކަމަށެވެ.
ޝައިޚް އަނީލްގެ މިވާހަކަފުޅާއިއެކު ވަނީ ޝައިޚް އިމްރާން އިސްވެ ހުންނަވައި އިދިކޮޅު ޕާޓީ ޕާޓީތަކުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރު ވީޑިއޯ އެއްވެސް ޓްވީޓް ކުރައްވައިފައެވެ. 29 މާރިޗް 2015 ގައި ބޭއްވި މި ބައްދަލުވުމުގައި ޝައިޚް އިމްރާން ވިދާޅުވެފައިވަނީ މިސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ދެން ކުރިއަސް ގެންދާނީ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން"ގެ ނަމުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ޝައިޚް އިމްރާން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ އަނިޔާވެރިކަން ނަތައިލުމަށްޓަކައި މިހަރަކާތާއި އެންމެން ގުޅި، ހުރިހާ ޕާޓީތަކުން ބައިވެރިވާން ޖެހޭނެ ކަމަށާއި ރައީސް ޔާމީނުގެ އަނިޔާވެރިކަމަށް ފުރުޞަތުގެ ދީފި ނަމަ ޤައުމާއި ރައްޔިތުން ދާނީ ހަލާކުގެ ތެރެއަށް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނުގެ އަނިޔާވެރިކަން ނިންމުމަށްޓަކައި ޕީޕީއެމުންވެސް މިހަރަކާތާއި ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ބައްދަލުވުމުގައި ޝައިޚް އިމްރާނުގެ އިތުރުން ބައިވެރިވެވަޑައިގެންފައިވަނީ އެމްޑީޕީގެ އެއިރުގެ ޗެއާޕަރސަން ޢަލީ ވަޙީދު އާއި ޖޭޕީގެ 2 ނަިބް ލީޑަރުން ކަމަށްވާ އަމީން އިބްރާހީމް އާއި ޑރ. ޙުސައިން ރަޝީދުއެވެ.
Aniyaaverikamaa dhekolhah beyvvi furathama noos conference, 19 March 2015.@ShimranAb edhuvahu fettevi dhathuru, Allah ge heyo rahumathun, adhi eyah fahu Gina baegge gurubaanee aa eku, miadhu mivanee kaamiyaabu vefai.
— Aneel (@mohamed_aneel) October 3, 2018
الحمد لله. pic.twitter.com/j0YintRSVP