އަދުރޭގެ ދަރިއަށް 150،000: ވެރިކަން ކުރާނަމަ ޕާޓީގެ ނައިބް ރައީސްގެ ދަރިންނަށްވެސް މޯލްޑިވިއަނުން ކްރެޑިޓް ދެނީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަދުރޭގެ ދަރިއަށް 150،000: ވެރިކަން ކުރާނަމަ ޕާޓީގެ ނައިބް ރައީސްގެ ދަރިންނަށްވެސް މޯލްޑިވިއަނުން ކްރެޑިޓް ދެނީތޯ؟


ސަރުކާރަށް ދަރައި ނެތް މީހުންގެ ބޮލުގައި ދަރަނި އަޅުވައި މީހުން ފަޟީޙަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ)ގެ ދަރިފުޅަށް މޯލްޑިވިއަނުން ކްރެޑިޓަށް 150،000 އަސްވުރެ ގިނަ ރުފިޔާގެ ފެސިލިޓީ ދީފައިވާ ކަމާއި އެ ފައިސާ ނުދައްކާކަމަށް ރާއްޖެ އެމްވީން ހާމަކޮށްފިއެވެ.

ވެރިކަން ކުރާނަމަ ޕާޓީގެ ނައިބު ރައީސުންގެ ދަރިންނަށްވެސް ސަރުކާރުގެ ކުންފުނިތަކުން މިފަދަ ބޮޑެތި އަދަދުތަކުން ކްރެޑިޓް ދިނުމަކީ ކުންފުނިތަކުގެ ބޯޑުން ކުރަން ނިންމާފައިވާ ކަމެއްކަން އެނގިފައެއް ނުވެއެވެ.

މިފަދަ ކޮރަޕްޓް ސަރުކާރެއް ބަދަލުވެގެންދާ މިފަދަ ދަނޑިވަޅެއްގައި ކުންފުނިތަކުގެ އޮޑިޓެއްކޮށް ކަންކަން ބަލަން ސްޕްރީމް ކޯޓުގެ އަމުރަކަށް ބޭނުންވެފައިވާ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އަދުރޭ ބުނާ ގޮތުން އޭނާއަކީ ކޮންމެ ކަމެއްވެސް ޤާނޫނާއި އެއްގޮތަށް ސަރުކާރަށް އެންމެ ބޮޑަށް ފައިދާ ކުރާނެ ގޮތަށް ކުރާ މީހެކެވެ. ވީމާ މިފައިސާ ނުދައްކާ މިހިރީ ދައްކައިފިނަމަ މޯލްޑިވިއަންގެ އެކައުންޓުން ގެއްލިދާނެތީ ކަމަށް ބެލެވެއެވެ. ޤާރޫނު ފަޤީރުން ދޭންޖެހޭ ފައިސާ ފަޤީރުންނަށް ބަހަން ފޮނުވާފައި، އެފައިސާ ދީފިނަމަ ރައްކައުތެރި ގޮތުގައި ބަހައްޓާނެ ތަނެއް ފަޤީރުންގެ އަތުގައި ނުހުންނާނެތީ އޭނާގެ ޚަޒާނާގައި ބަހައްޓަން އަނބުރާ ގެންދާތަން މުޙައްމަދު ރަސޫލުﷲ ޕްރޮގްރާމަގައި ދައްކައެވެ.
މިއަދު އޮންލައިން