ދިވެހިންނަށް މިއަދު ބޮޑު ދެ ޢީދު އެއްފަހަރާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދިވެހިންނަށް މިއަދު ބޮޑު ދެ ޢީދު އެއްފަހަރާ!
މިއަދަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހެވެ. ޞަފަރު މަހުން 23 ވަނަ ދުވަހެވެ. ހަފްތާގެ ގޮތުން މަޝްހޫރު ބުރާސްފަތި ދުވަހެވެ.

ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ގެންނަން އުޅުނު 2 އިންޤިލާބު ނާކާމިޔާބުކޮށްލައި އިންޤިލާބު ގެންނަން އުޅުނު މީހުން ހައްޔަރުކުރީ ވެސް ބުރާސަފަތި ދެ ބުރާސްފައި ދުވަހަކުއެވެ. އެހެންކަމުން އެ ދެ ދުވަހަށް ކިޔައި އުޅެނީ ބޮޑު ބުރާސްފަތި ދުވަހާއި ކުޑަ ބުރާސްފަތި ދުވަހެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ޖުމްހޫރީ މައިދާނަށް ރައްޔިތުން އެއްވީވެސް ބުރާސްފަތި ވިލޭރެއެއްގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ބުރާސްފަތި ވިލޭރޭތައް ބޭނުން ކުރެވުނީ ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކޮށް ޖަލަށް ލުމަށެވެ.

މި ހުރިހައި ކަންކަމަކީވެސް ރައްޔިތުން އިންތިހާއަށް ކަންބޮޑުވި ކަންކަމެވެ. ހިތުގައި ބިރުވެރިކަން އުފެދުނު ކަންކަމެވެ. ނަފްސާނީ ގޮތުން މައްސަލަތައް ކުރިމަތިވި ކަންކަމެވެ.

ނަމަވެސް މިއަދު މިވަނީ ތާރީޚް ބަދަލުވެފައެވެ. މި ބުރށްފަތި ދުވަސް ވެގެންދާނީ ދިވެހިންނަށް ފަހުގެ ތާރީޚުގައި އަންނަ އެންމެ ބޮޑު އެއް ޢީދަށެވެ. ދިވެހިންގެ ގިނަ އަދަދެއްގެ މީހުންގެ ހިތްތަކުގެ ރަސްގެފާނު، 3 އަހަރުވަންދެން އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށްފަހު ރާއްޖެ ވަޑައިގަންނަވާ ބޮޑު ޢީދު ދުވަހަށެވެ.

ފަތިސް ެގެންއަިއިރު ބަނދަރުމަތި ވަނީ ފުރި ބާރުވެފައެވެ. ރައީސް ނަޝީދަށް މަރުހަބާ ދަންނަވަން ރަސްރަށުން މާލެ އަންނަ މީހުންތަކުންނެވެ. ކަނޑުމަތިން ފެންނަނީ އެމްޑީޕީގެ ރީނދޫ ކުލައިގެ ފޮތިތައް ދެމި އުޅަނދުތަކެވެ.

ހަމައެއާއިއެކު މިރޭ ވެގެންދާނީ 3 އަހަރު ވަންދެން މަޖިލިސް މެންބަރުން ކުރި މަސައްކަތުން މަޤާމުން ދުރު ނުކުރެވިފައި ހުރި ޢަބްދުﷲ މަޞީޙް މަޖިލީހުގެ ރައީސްކަމުން ދުރުކުރެވޭ ރެއަށެވެ. އިން ޝާ ﷲ!

މަޞީޙް މަޤާމުން ދުރުކުރުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ މިނިވަން ކުރުމަށް ކުރެވޭ އެންމެ ބޮޑު ޖިހާދަށް ވެގެންދާނެ ކަމަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މެންބަރުން ވިދާޅުވަމުން ގެންދަވަނީ މިޖިހާދުގެ ތެރެއިން 16 މެންބަރުން ޖަލަށް ލައި އަނިޔާ ކޮށްފި ކަމަށާއި 12 މެންބަރުންގެ ޙައްޤުތައް ނިގުޅައި ގަނެ މަގުމަތިކޮށްފި ކަމަށެވެ. އެހެންކަމުން މިރެއަކީ ޙައްޤަށް ނަޞްރު ލިބިގެންދާނެ އުފާވެރި ރޭ ކަމަށެވެ. މަޖިލީހުގެ ބޮޑު ޢީދުވިލޭރެއަކަށް ވެގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން