އަލްއަޒްހަރް ޔުނިވާސިޓީގެ ތަމްރީނު ކޯހެއްގައި ބައިވެރިވުމަށް ދިވެހި އަށް އިމާމަކު މިސްރަށް ފުރައިފިއެވެ.
މިތަމްރީނު ކޯހުގައި އިމާމުންނާއި ވާއިޘުންގެ ނަފްސު ކުރިއަރުވާނެ ގޮތްތައް ދެނެގަނެ، މުޖުތަމައުގައި ދިމާވާ ދީނީ އަދި އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތްތައް ކިޔަވާދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށާއި ކިޔަވައިދޭނީ ކްލާހަށް ހާޒިރުކޮށްގެންނާއި މިސްކިތްތަކަށް ޒިޔާރަތް ކޮށްގެން އަމަލީ އަދި ފަންނީ ތަޖުރިބާ ލިބޭނެ ގޮތަށް ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
އިމާމުންނާއި ވާއިޘުންނަށް ހިންގާ މިތަމްރީނު ކޯހުގައި ބައިވެރިވާ ދިވެހި އިމާމުންގެ ހުރުމާ ކެއުން އަލްއަޒްހަރް ޔުނިވާސިޓީން ހަމަޖައްސާދީފައިވާއިރު، ޕޮކެޓް މަނީ ހަމަޖައްސައިދީފައިވަނީ ރާއްޖޭގެ ދައުލަތުންނެވެ.
މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ކުރިއަށްދާ މިކޯހަށް ބައިވެރިން ހޮވާފައިވަނީ އާންމުކޮށް އިއުލާން ކުރުމަށްފަހު ކުރިމަތިލީ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.