އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފައިވާ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ދޫނިދޫގައެވެ.
ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގައި ހިމެނޭ 45 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 290 ފުޅި ބަނގުރަލާއި 140 ޕެޓް ފުޅިއާއި 288 ދަޅު ބިޔަރާއި، 52 ފުޅި ބިޔަރާއި، 1 ރީނދޫ ހަމާއި އެހެނިހެން 52 އައިޓަމެކެވެ.
ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހުސްފުޅި އާއި ހުސްދަޅާއި އަދި ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކަރުދާސް ފޮއްޓާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ބިއްލޫރި ތައްޓާއި، ބަނގުރަލުގެ އަސަރު އެކުލެވޭ ބައެއް ތަކެތި ހިމެނެއެވެ.