ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމިގެންދިއައިރުވެސް މެޑަމް ލައިލާގެ ޙަޤީޤަތް ރައްޔިތުންނަށް ފެނުނީ ވަރަށް ތަފާތު ގޮތަކަށެވެ. ސިޔާސީ ކަންކަމުގައި އުޅުއްވާ ތަނެއް ނުފެނެއެވެ. އެމްޑީޕީއަށް މެންބަރުން ގިނަ ކުރައްވަން އުޅުއްވާ ތަނެއް ނުފެނެއެވެ. ސަރުކާރުގެ ވަޒިފާއެއް ހޯދަން ނަމަވެސް އަދި އެނޫން ނަމަވެސް ސަރުކާރާއި ގުޅުންހުރި އެއްވެސްކަމެއްގައި އެކަމަނާގެ ފައިންޕުޅު ހޯދާކަށް ނުޖެހެއެވެ.
މުލީއާގެއަށް މީހުން ގޮސް އުޅުނީ އެކަމަނާގެ ކިބައިން އެހީތެރިކަމަށް އެދިއެވެ. އާސަންދަ ހޯދަކަށް ނޫނެވެ. އެކަމަނާގެ އަމިއްލަފުޅު ފައިސާއިން އެހީހޯދާށެވެ.
ހަނދާންވާ ގޮތުން ފަސްޓް ލޭޑީއަށް އެއިރު ލިބިވަޑައިގަންނަވަނީ މަހަކު 30،000 ރުފިޔާއެވެ. އެ ފއިސާ އަމިއްލަފުޅު އެއްވެސް ކަމަކަށް ބޭނުންފުޅެއް ނުކުރައްވައެވެ. ކަންކަމުގައި އެދިގެން އައި މީހުންނަށް ބެއްސެވީއެވެ.
މެޑަމް ލައިލާ ފައިންޕުޅު ދެކެން އެންމެ ފަސޭހަ އެއްގޮތަކަށް ވެފައި އޮންނަނީ ސުކޫލްދޮށަށް ދަރިން ގޮވައިގެންނާއި ބަލައި ވަޑައިގަންނަވާ ވަގުތު ބައްދަލު ކުރުމެވެ. ފަސްޓްލޭޑީ އަކަށް ހުންނަވައިގެން ވެސް އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވިއެވެ.
އަމިއްލަފުޅު ދިރި އުޅުއްވުމުގެ ކަންކަން ހަމަޖައްސަވަމުން ގެންދެވީ ފަސްޓްލޭޑީގެ ގޮތުގައި ހުންނަވައިގެންވެސް ކުރިންވެސް އަދާކުރެއްވި އދގެ ވަޒިފާގައި ދެމިހުންނެވުމުން ލިބިވަޑައިގެންނެވި މުސާރަފުޅުންނެވެ.
މިކަންކަން ވެގެން ދިއައީ ރައްޔިތުންގެ ހިތްތަކުގައި މެޑަމް ލައިލާއަށް ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިއަ ސަބަބުތަކަށެވެ.