މަޞީޙް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި ‍- ރައީސަކު ހޮވުން 9.15 އަށް އެޖެންޑާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަޞީޙް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި ‍- ރައީސަކު ހޮވުން 9.15 އަށް އެޖެންޑާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް އަމިއްލަފުޅަށް މަޤާމުން އިސްތިއުފާ ދެއްވުމުން އިތުބާރު ނެތްކަމުގެ މައްސަލަ މިރޭގެ ޖަލްސާގެ އެޖެންޑާއިން ނަންގަވައި ރައީސަކު ހޮވުން މިރޭގެ 9.15 އަށް އެޖެންޑާ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު ވިދާޅުވީ މިރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސްކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ މެނަބަރުންގެ ނަން ހުށަހެޅި ތާއީދު ލިބުމުން ނަގާނީ ސިއްރު ވޯޓެއް ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވަން ފޮނުއްވި ސީޓީފުޅުގައި އިސްތިއުފާ ދެއްވި ސަބަބު ބަޔާންކުރައްވާފައި ނެތްކަމަށާއި ހަމައެކަނި ބަޔާން ކުރައްވާފައިވަނީ އިސްތިއުފާ ދެއްވީ ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ 2017 ވަނަ އަހަރު މަޞީޙް މައްޗަށް ވެއްދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓިފައި އޮތީ ޤަރާރުގައި ސޮއިކުރެއްވި 4، 5 މެންބަރަކަށް ކުރިމަތިވި ގޮނޑި ގެއްލުމުގެ މައްސަލަ އާއި ގުޅިގެން ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ފަރާތަކުން އޭނާގެ އިސްތިއުފާއަށް އެދިއްޖެނަމަ ގޮނޑީގައި "ބައްދަވައިގެން" ނުހުންނަވާނެ ކަމަށާއި އިސްތިއުފާ ދެއްވާނެ ކަމަށެވެ. "ހަމަގައިމުވެސް ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައިވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ކަމަކުން ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫން. އެ ހައިޞިއްޔަތު އަޅުގަނޑަށް އޮންނާނެ." ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.

މިއަދު އޮންލައިން