މަޖިލީހުގެ ރައީސްގެ މަޤާމަށް 2 ނަން ހުށަހަޅައިފި
މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ނަންފުޅު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ފައިޞަލް ނަސީމް އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲގެ ނަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްއެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ހޮވުމުގެ ޖަލްސާ ފަށައިފިއެވެ.
ވޯޓުގެ ކަންކަން ބެލެހެއްޓުމަށް 5 މެންބަރުންގެ ކޮމިޓީއެއް ހޮވައިފި-ކޮމީޓީގައި ހިމެނިވަޑައިގަންނަވަނީ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢްރޫފް، އަދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް އެވެ.
އިތުރު ތަފްސީލް އަންނަނީ....