"ކޮންމެ މީހަކީވެސް އެމީހެއްގެ ޒިންމާތައް އަމިއްލައަށް އުފުލަން ޖެހޭނެ މީހެކެވެ. އެއްވެސް މީހަކަށް އެހެން މީހެއްގެ ޒިންމާއެއް އުފުލާކަށް ނުޖެހޭނެއެވެ. (މާތްﷲ ޙަވާލުކުރައްވަވާފައިވުމުން މެނުވީ- ޢާއިލީ ޒިންމާ)
ވީމާ ކޮންމެ ކަމެއް ޖެހުމުން އެހެން މީހުންގެ އެހީތެރިކަމަށް އެދޭ މީހަކަށް ނުވާށެވެ. އެގޮތަށް އެކަންތައް ކުރުމެއް އިސްލާމް ދީނަކު ނެތެވެ. އަދި މީހުންގެ ގާތުން ކަންކަމަށް އެދޭނަމަ ދިމާވާނެ އެއް ގޮތަކީ އެދޭކަންތައް ކޮށް ނުދިނުމުން އެމީހާއަށް ނަފްރަތު ކުރެވުމެވެ. ނަމަވެސް އެއީ ކުރަންޖެހޭ އަދި ކޮށްގެންވެސް ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީ ކިތަންމެ ގާތް މީހަކު ނަމަވެސް އޭނާއަކީ ތިބާގެ ބޭނުންތައް ފުއްދައިދޭން ޖެހޭނެ މީހަކަށް ނުވުމެވެ.
ވީމާ ޙައްލަކީ ﷲ ތަޢާލާގެ ޙަޟްރަތުން މެނުވީ އެއްވެސް ކަމަކު ނުއެދުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ﷲ ތަޢާލާގެ މަގުގައި ކުރިއަށްދާށެވެ. ބޭނުންވާ ކަންކަމުގައި އެދި ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ. ހުރިހާ ކަމެއްވެސް ދާނީ ފުރިހަމަވަމުންނެވެ."
މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ނަޞޭހަތުގެ ބަސްކޮޅެކެވެ.