ޤައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޒަނުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 41ސ
ޤައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޒަނުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހޯދައިފި

ޤައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޒަނުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.

ހޭންޑްބޯލް މޯލްޑިވްސް އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުން ހޯދީ ފައިނަލުގައި އޮރިކްސް ހޭންޑްބޯލް ކުލަބާއި ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.

ނިއު އިން މި މެޗު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަސްފަހު 28 ޕޮއިންޓް 17 ޕޮއިންޓުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުގެ ފާތިމަތު ރިޝްމާ އެވެ.

2017 ވަނަ އަހަރުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ނިއު އެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޜަނުގެ އަންހެންބައިގެ ޗެމްޕިއަންކަން ޒެފްރޯލް ސްޕޯޓްސް ކުލަބުން ހޯދީ ލިޔޮންސް ސްޕޯޓްސް ކުލަބާއި ވާދަކޮށް 11 ޕޮއިންޓް 12 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒެފްރޯލްގެ ފަހުމާ ޢަބްދުލްޣަނީ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދިޔަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގައި 6 ޓީމު ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި އަންހެން ޑިވިޜަނުގައި ވާދަކުރި 3 ޓީމާއި ފިރިހެން ޑިވިރަނުގައި ވާދަކުރި ތިން ޓީމު ހިމެނެއެވެ.

އަންހެން ޑިވިޜަނުގައި ވާދަކޮށްފައިވަނީ ޔޫތު ސްޕޯޓްސް ކުލަބު، އޮރިކްސް ހޭންޑްބޯލް ކުލަބު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލެބެވެ.

ފިރެހެން ޑިވިޜަނުގައި ވާދަކޮށްފައިވަނީ ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ޔޫތު ސްޕޯޓްސް ކުލަބެވެ.

ފިރެހެން ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޜަނުގެ ފިރިހެން ޑިވިޜަނުގައި 5 ޓީމު އަދި އަންހެން ޑިވިޜަނުގައި 3 ޓީމު ވަނީ ވާދަކޮށްފައެވެ.

ފިރިހެން ޑިވިޜަނުގައި ޓީއެސްއޭ އާއި ލިޔޮންސް އަދި ފިއުޗާރ ސްޕޯޓްސް އެކަޑަމީ ވާދަކުރި އިރު، އަންހެން ޑިވިޜަނުގައި ވާދަކޮށްފައިވަނީ ލިޔޮންސް، ޒެފްރޯލް ސްޕޯޓްސް ކުލަބު، ޓީއެސްއޭ، ޕޮލިސް ކުލަބު އަދި ޒެނިތު ސްޕޯޓްސް ކުލަބެވެ.

މިއަދު އޮންލައިން