ރައީސް ޔާމީން ބޭސް ފަރުވާއަށް ފުރާވަޑައިގަންނަވަނީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރައީސް ޔާމީން ބޭސް ފަރުވާއަށް ފުރާވަޑައިގަންނަވަނީ؟

ރައީސް ޔާމީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ އުޅުއްވާ ކަމަށް ބައެއްމީހުން ތުހުމަތު ކުރަންފަށައިފިއެވެ.

މިފަދަ ތުހުމަތުތަކެއް ކުރަން ފެށީ އިއްޔެ ޢާއި ރޭ ރައީސް ޔާމީން ސެނެހިޔާ ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދެވި ކަމުގެ ޚަބަރުތަކެއް ފެތުރުމާއި ގުޅިގެންނެވެ. ނަމަވެސް މިއިން ކަމަކާއިބެހޭ ގޮތުން ރަސްމީ އެއްވެސް ބަހެއް އަދި ވަނީ ލިބޭނެ ގޮތް ނުވެފައެވެ.

 

ކޮރަޕްޝަނާއި ވައްކަމުގެ ގިނަ ތުހުމަތުތަކެއް ރައީސް ޔާމީނުގެ މައްޗަށް ކުރެވިފައިވުމާއިއެކު ތަޙްޤީޤުތަކަށް ހުރަސް އެޅޭ ގޮތަކަށް ރައީސް ޔާމީނަށް ރާއްޖެއިން ފުރާވަޑައި ގެންނެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ. އަދި އެމައްސަލަ ވަނީ ޙަސަން ލަޠީފް އިސްވެހުންނަވައި ފުލުހުންނަށްވެސް ހުށަހަޅުއްވައިފައެވެ.

ރައީސް ޔާމީނުގެ މައްސަލަތައް ބަލައި ނުނިމެނީސް ރާއްޖެއިން ފުރާވަޑައިގެންފި ނަމަ ފުރުވާލުމުގައި ބައިވެރިވި، އަދި އިހްމާލުވި އެންމެން ޒިންމާދާރު ކުރުވާނެ ކަމަށާއި އެއެންމެންގެ މައްޗަށް ދަޢުވާ އުފުއްލަވާނެ ކަމަށްވެސް ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން