ރުއްތައް ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ ތަޙުޤީޤަށްފަހު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ރުއްތައް ނަގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނީ ތަޙުޤީޤަށްފަހު!

ޤަވާޢިދާއި ޚިލާފަށް ރާއްޖޭގެ ބައެއް ރަށްރަށުން ރުއްތައް ނަގައިގެން ރާއްޖޭގެ ބައެއް ރިސޯޓުތަކާއި ބޭރުގެ ގައުމުތަކަށް ގެންދާ ފަރާތްތަކުގެ މައްސަލަ ބެލުމަށްފަހު އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވެއްޖެއެވެ.

ނަޢީމް ވިދާޅުވީ އީޕީއޭއިން ގެންދަވަނީ ފުލުހުންނާ ގުޅިގެން އެމައްސަލަ ތަޙުޤީޤު ކުރައްވަމުން ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތަސް އަޅާނެ ކަމަށެވެ. މީގެ އިތުރުން ނައީމް ވިދާޅުވީ ރިސޯޓުތަކަށް ގެންދާ ރުއްތަކަކީ އީޕީއޭއަށް އެނގިގެން ނަގާ ރުއްތަކެއް ނޫން ކަމަށެވެ.

ނަޢީމް ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުން ރުއްތައް ނަގައިގެން ބޭރުގެ ބައެއް ޤައުމުތަކަށް ވެސް ގެންދާ ކަމަށެވެ. އަދި އެއީ އެކަންކޮށްގެންވާނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން