މަޖިލިސް އިންތިޚާބަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމަށް އިމްރާން ވިދާޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މަޖިލިސް އިންތިޚާބަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމަށް އިމްރާން ވިދާޅުވެއްޖެ!

219 ވަނަ އަހަރުގައި އޮންނަ، ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ވަރަށް ބޮޑު އިސްކަމެއް ކޯލިޝަނުން ދޭންޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން އަދާލަތު ޕާޓީގެ އޮފީހުގައި ސަޕޯޓަރުންނާއި ބައްދަލު ކުރައްވައި އިމްރާން ވިދާޅުވީ ކޯލިޝަނުން ނުކުމެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުވެސް ކާމިޔާބު ކުރުން މުހިންމު ކަމަށެވެ. އަދި ކޯލިޝަނެއްގައި މަސައްކަތް ކުރާއިރު ތަފާތު ވިސްނުންތަކާއި ޚިޔާލުތައް ހުރިނަމަވެސް ހުރިހާ މީހުންވެސް އެކުގައި ތިބެންޖެހޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓޭނަމަ މިފަހަރު ދެމެހެއްޓޭނެ ކަމަށާއި ކޯލިޝަނުން ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ އިބްރާހިމް މުޙަންމަދު ސޯލިޙްއަކީ ކޯލިޝަން ރޫޅުނަނުދީ ކޯލިޝަން ދެމެހެއްޓޭނެ ވެރިޔަކަށް ވާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

އެ ވާހަކަފުޅުގައި އިމްރާން ވަނީ،އޭނާގެ ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު އޮންލައިން