ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕާކިސްތާނުގައި ސައްބީސް ނޫސްވެރިން މަރާލާފައިވާ ކަމުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ނަމަވެސް، 26 ނޫސްވެރިން މަރާލެވުނުކަމަށްވިޔަސް ކޯޓާހަމައަށް ގެންދެވުނީ 16 މައްސަލައެކެވެ. އަދި ޝަރީޢަތް ހިންގައި އަދަބުދެވިފައި ވަނީ ހަމަ އެންމެ މައްސަލައަކާ ގުޅޭ މީހުންނަށެވެ.
ނޫސްވެރިންގެ ކަންތައްތައް ބަލަހައްޓާ ބައިނަލްއަޤްވާމީ ދާއިރާތަކުން ބުނާ ގޮތުގައި ނޫސްވެރިންނަށް ދުނިޔޭގައި އެންމެ ނުރައްކާތެރި ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނެއެވެ.
އިންސާފު ނުލިބި ގިނަދުވަސް ވަމުންދާ މި މައްސަލަތަކުގެ ސަބަބުން، ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.