ޚާއިނުން ކަނޑައެޅުމަކީ ކޯޓުތަކުން ކުރާ ކަމެއް - ޙުކުމް ތަންފީޒުކޮށް ނިމުނީމާ ކުރި ކުށުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޚާއިނުން ކަނޑައެޅުމަކީ ކޯޓުތަކުން ކުރާ ކަމެއް - ޙުކުމް ތަންފީޒުކޮށް ނިމުނީމާ ކުރި ކުށުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: މާރިޔާ

ޚާއިނުން ކަނޑައެޅުމަކީ ކޯޓުތަކުން ކުރާ ކަމެއް ކަމަށާއި އެއީ ރައްޔިތުން ނުވަތަ ރައްޔިތުންގެ ވަކި ބައަކު ކުރާ ކަމެއް ނޫން ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވީ ކުށް ކުރުމުން އަދަބު ދެނީ ކުށް ކުރި މީހާ އިޞްލާޙްކުރަން ކަމަށެވެ. އަދި ކުށް ކުރުމުން ޝަރީޢަތުން ކުރާ ޙުކުމް ތަންފީޒުކޮށް ނިމުނީމާ ކުރި ކުށުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

 

މާރިޔާ ވިދާޅުވީ އިންތިޚާބީ ރައީސްގެ ސަރުކާރުގައި ހުކުމް ތަންފީޒުކުރުން ހަދާނީ ކުށްކުރާ މީހުން އިޞްލާޙުކުރުމުގެ މަސައްކަތް ކުރާ މަރުހަލާއަކަށް  ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކަށް ވާނީ ވެސް ކުށްކުރާ މީހުން އިޞްލާޙުކުރުން ކަމަށެވެ.

މިއަދު އޮންލައިން