ޢާންމުކޮށް ހުޅުވާލައިގެން ރައްޔިތުންގެ ޚިޔާލު ސީދާ ރައީސް ހޯއްދެވުން- އިންތިޚާބީ ރައީސް މިފަށްޓަވަނީ ފަހުގެ ތާރީޚުގަ ނުފެންނަ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޢާންމުކޮށް ހުޅުވާލައިގެން ރައްޔިތުންގެ ޚިޔާލު ސީދާ ރައީސް ހޯއްދެވުން- އިންތިޚާބީ ރައީސް މިފަށްޓަވަނީ ފަހުގެ ތާރީޚުގަ ނުފެންނަ ކަމެއް!

"ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަބަދުވެސް ހޯއްދަވާނެ" ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިކަން ހާމަކުރައްވައި ކުރެއްވި ޓްވީޓުގައި ވަނީ އެމަނިކުފާނު "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި މިމަހުގެ 5 ވަނަ ދުވަހުގެ ރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ބައްދަލުވުމަށް ޢާންމުކޮށް ހުރިހާ ރައްޔިތުންނަށް ދައުވަތު ދެއްވައިފައެވެ.

 

ރައްޔިތުން އަބަދުވެސް ތިބެނީ މިފަދަ ފުރުޞަތަށް އެދިއެދި ނަމަވެސް މިއީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ފެނިފައިވާ ކަމެއް ނޫނެވެ. އެހެންކްމުން އިންތިޚާބީ ރައީސް މިދެއްވި ފުރުޞަތުގެ ބޭނުން ވަރަށް ގިނަ ބައަކު ހިފާނެ ކަމަށް ބެލެވެއެވެ.

 

އިންތިޚާބީ ރައީސްގެ ތަރުޖަމާނު މިއަދު ވިދާޅުވީ މި ބައްދަލުވުމަކީ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ކަމަށާއި އެއްވެސް ފަރާތަކަށް ޚާއްޞަ ދައުވަތެއް ނުދެއްވާނެ ކަމަށެވެ.

މިއަދު އޮންލައިން