މީދޫގަ ކަރަންޓް ނެތްތާ 3 ރޭ - ކަރަންޓަށް އިންތިޤާލީ މަރުހަލާ އޮވެގެން ނުވާނެ - ދޭން ބުނި ޖެނެރޭޓަރު ކޮބާ؟: ރައްޔިތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މީދޫގަ ކަރަންޓް ނެތްތާ 3 ރޭ - ކަރަންޓަށް އިންތިޤާލީ މަރުހަލާ އޮވެގެން ނުވާނެ - ދޭން ބުނި ޖެނެރޭޓަރު ކޮބާ؟: ރައްޔިތުން

މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމިތު ވިދާޅުވީ ދާއިރާގެ އެންމެ މީހުން ގިނަ ރަށް، ރ. މީދޫގަ ކަރަންޓް ނެތްތާ މިރެއަށް މިއީ 3 ވަނަ ރޭ ވެއްޖެ ކަމަށެވެ.

 

ރަށުގެ ރައްޔިތުން ގެންދަނީ އަޑު އުފުލަމުންނެވެ. ރައްޔިތުން ތިބީ "ކަރަންޓަށް އިންތިޤާލީ މަރުހަލާ އޮވެގެން ނުވާނެ - ދޭން ބުނި ޖެނެރޭޓަރު ކޮބާ؟" ފަދަ ލިޔުންތައް ހިފައިގެންނެވެ. އަމިތު ވަނީ ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް ދިނުމަށް ފެނަކަ ކޯޕޮރޭޝަނަށް ގޮވާލައްވައިފައެވެ. 

 

ޗައިނާއިން 35 ޖެނެރޭޓަރު ލިބުމުން ބޮޑު ރަސްމިއްޔާތެއް ބާއްވައި، ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓު ދިނުމަށް ހުރި ހުރިހާ މައްސަލަތަކެއް ހައްލުކުރެވުނީކަން ރައީސް ޔާމީނު އިއުލާނުކުރައްވާފައިވަނީ މީގެ ދެ މަހެއްހައި ދުވަސްކުރިންނެވެ.

މިއަދު އޮންލައިން