ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމަށް މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މާލެ، މ.މެޑެލްމާގެ، މޫސާ ރަޝީދު (44އ) އާއި މާލެ، ވ.އާއަލި، ޢަބްދުލް ހަންނާން އިބްރާހީމް (54އ) އަދި މާލެ، ވ.ރާހި، މުޙައްމަދު ބާޤިރު (47) އެވެ.
މި ތިން މީހުންގެ ތެރެއިން މޫސާ ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރު ވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 4 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ޢަބްދުލް ހަންނާން އިބްރާހީމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 4 ވަނަ ދުވަހުގެ 13:10 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުވެފައިނުވާތީ ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 4 ވަނަ ދުވަހުގެ 11:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ވީމާ މި ތިން ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދެއެވެ.