އިންޑިއާކަނޑުގެ ލީޑިން އެއާޕޯޓް އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް

ކިޔުމަށް ހޭދަވާނީ 56ސ
އިންޑިއާކަނޑުގެ ލީޑިން އެއާޕޯޓް އެވޯޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް

އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓް ކަމުގެ ޝަރަފުވެރި އެވޯޑް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބިއްޖެއެވެ.

ވޯލްޑް ޓްރެވެލް އެވޯޑް އިން އެފްރިކާ އަދި އިންޑިއާ ކަނޑުގެ ޤައުމުތަކަށް ދޭ އެވޯޑް ހަފްލާފައި ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓަށް "ބެސްޓް ލީޑިން އެއާޕޯޓް" ކަމުގެ މަގާު ލިބިފައިވާއިރު، މިއީ މިގަމާމު ވީއައިއޭ އިން މިއެވޯޑު ޖެހިޖެހިގެން ހާސިލް ކުރި ހަތްވަނަ ފަހަރެވެ.

ވީއައިއޭ އަށް މިފަދަ ޝަރަފުވެރި އެވޯޑެއް މިފަހަރުވެސް ލިބިފައިވާއިރު، އެތަނުގައި އޮޕަރޭޓް ކުރަނީ އެއްމެ ރަންވޭއެކެވެ. އެއީ 45 މީޓަރު ފުޅާ އަދި 3200 މީޓަރު ދިގު ރަންވޭއެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ދެވަނަ ރަންވޭއެއް ހަދާފައިވީ ނަމަވެސް އެރަންވޭ އަދި ބޭނުން ކުރާކަށް ނުފަށައެވެ.

ސައުތު އެފްރިކާގެ ޑާބަންގައި ބޭއްވުނު އެވޯޑް ޚަފްލާގައި، ރާއްޖެއަށް ލީޑިން އެއާޕޯޓޫގެ އިތުރުން އެހެން ކެޓެގަރީތަކަކުން ވެސް ވަނީ އެވޯޑް ލިބިފައެވެ. އެގޮތުން އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއާ ކަނޑުގެ ލީޑިން ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން ވެސް ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ހިމެނެއެވެ.

މިއަދު އޮންލައިން