ނޮވެމްބަރު 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހުވާ ނުކުރެވޭނެ ކަމަށާއި ޖެހޭނީ އެނބުރި ޖަލަށްދާން ކަމުގެ އިންޒާރު ހޯމް މިނިސްޓަރުގެ ނައިބު އަޙްމަދު ޞިއްދީޤް ދެއްވައިފިއެވެ.
ޞިއްދީޤް މިއަދު ކުރައްވާފައިވާ ޓްވީޓް ގައި ބުނެފައިވަނީ:
"އެމްޑީޕީގެ ކުދިން މިހާރު ހެވިފަ ތިބޭ. ވަގުތީ އުފަލެއް ތި ލިބެނީ. އޮޅިވާލި ވޯޓަކުން ކާމިޔާބުކުރި އިންތިޚާބަކުން ވެރިކަމެއް ނުކުރެވޭނެ. ނޮވެމަބަރު 17 ގަ ހުވާކުރާނެ ކަމަށް ދެކޭ ހުވަފެން ދާނީ ބިލާހަށް އިން ޝާ ﷲ! މުޖުރިމުން އަލުން ޖަލަށް ދާން ޖެހޭނީ."