ރައީސް ޔާމިންގެ ބުރަކަށިފުޅުގެ މައްސަލައަކަށް ފަރުވާ ހޯއްދަވަނީ؟!

އަހުމަދު
ކިޔުމަށް ހޭދަވާނީ 31ސ
ރައީސް ޔާމިންގެ ބުރަކަށިފުޅުގެ މައްސަލައަކަށް ފަރުވާ ހޯއްދަވަނީ؟!

މިދިޔަ ބްރާސްފަތި ދުވަހުން ފަށައިގެން، ކޮންމެ ދުވަހަކު ވެސް ދެ ފަހަރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން ފިޒިއޮތެރަޕީގެ ހިދުމަތް ހޯއްދަވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުން، ރައީސް ޔާމިން ފިޒިއޮތެރަޕީ ހައްދަވަން ފައްޓަވާފައި ވަނީ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން އެމަނިކުފާނުގެ ބުރަކަށި ކޮޅަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެންނެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ވެސް އެމަނިކުފާނު ސެނަހިޔާއަށް ވަޑައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން، ރަސްމީ ފަރާތަކުން ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

 

 

މިއަދު އޮންލައިން