ކާނަލް ނާޒިމް މިނިވަންކުރަން ކޮއްކޮ އާދަމް ޢާޒިމް ކުރި ނަމޫނާ މަސައްކަތްތަކަށް ޢަފާފް ޝުކުރު އަދާކުރައްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 41ސ
ކާނަލް ނާޒިމް މިނިވަންކުރަން ކޮއްކޮ އާދަމް ޢާޒިމް ކުރި ނަމޫނާ މަސައްކަތްތަކަށް ޢަފާފް ޝުކުރު އަދާކުރައްވައިފި

ކާނަލް މުޙައްމަދު ނާޒިމް މިނިވަންކުރަން ނާޒިމްގެ ކޮއްކޮ އާދަމް ޢާޒިމް ކުރެއްވި ނަމޫނާ މަސައްކަތްތަކަށް ނާޒިމްގެ އަނބިކަނބަލުން ޢަފާފް ޢަބްދުއްލަޠީފް ތަޢުރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.

 

"ބޭބެ މިނިވަން ކުރުމަށް ނާޒިމްގެ ކޮއްކޮ އާދަމް ޢާޒިމް ރެއާއި ދުވާލު ކުރި މަސައްކަތަކީ އަގުވަޒަން ނުކުރެވޭވަރުގެ މަސައްކަތެއް. ޢާޒިމް އެއީ ބޭބެގެ ޙައްޤުގައި މައިދާނަށް ނުކުތް ނަމޫނާ ކޮއްކޮއެއް. އާދަމްގެ މަސައްކަތުން މިއަދު ބޭބެ މިނިވަންކޮށްފި. އަލްޙަމްދުލިﷲ! ވަރަށް ބޮޑަށް ޝުކުރިއްޔާ!"

 

ޢަފާފް ވަނީ އިތުރު ޓްވީޓުގައި ޢާއިލާގެ އެކި ބޭފުޅުން ނާޒިމް މިނިވަން ކުރަން ކުރެއްވި ބުރަ މަސައްކަތްތަކަށާއި ދެއްވި އެއްބާރުލެއްވުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު އޮންލައިން