ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ 3ސ
ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

 

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާތީ  ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ގދ.ފިޔޯރީ، ތޮރާގެ އަޙްމަދު ރަޝީދު (39އ) އާއި ކ.ދިއްފުށި، އޮނުފީނިގެ، ޝަހީމް އަޙްމަދު (52އ) އެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު  5 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޝަހީމް އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި  ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު  6 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

 މިދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން