މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ދޭނެ: މިފްކޯ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ދޭނެ: މިފްކޯ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަތުމަށްފަހު ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ދޭނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެގިފައިވާ ގޮތުން އިއްޔެއާ ހަމައަށް މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ އަދަދު ވިހި މިލިއަން ރުފިޔާ އަރައެވެ. އެ ފައިސާ ހޯމަ ދުވަހު އެ ކުންފުންޏަށް ލިބި އަންގާރަ ދުވަހު މަސްވެރިންނަށް ފޮނުވުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން، އެގިފައިވާ ގޮތުގައި ފައިސާ ލިބުން ލަސްވަމުން ދަނީ އެ ކުންފުނީގެ ކޭޝް ފްލޯ ތާށި ވުމުގެ ސަބަބުންނެވެ. އެއްވެސް، ހާލެއްގައި ކުންފުނި ބަނގުރޫޓު ވެގެން ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ.

މަސް ކިރުމަށްފަހު ހުސްއަތާ ދާންޖެހޭތީ ގިނަ މަސްވެރިން ތިބީ ހިތްހަމަ ނުޖެހި މާޔޫސްވެފައެވެ.

 

 

މިއަދު އޮންލައިން