ފްރާންސްގެ ސަރުކަރުގެ ދަށުގައި އޮންނަ ޕެސިފިކް ކަނޑުގެ ރަށްތައް ކަމުގައިވާ ނިއު ކެލެޑޯނިޔާގައި އިއްޔެ ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން އެ ރަށްތައް ފްރާންސުގެ ދަށުން މިނިވަން ނުވިއެވެ.
ވޯޓުގެ އެންމެ ފަހުގެ ނަތީޖާ ދައްކާގޮތުގައި ވޯޓުލީ މީހުންގެ %56.4 ބޭނުން ވަނީ އެރަށްތައް ފްރާންސުގެ ބައެއްގެ ގޮތުގައި އޮންނާށެވެ.
މިނިވަންވެ ވަކި ގައުމަކަށް ވުމަށް ތާއީދުކުރީ %43.6 މީހުންނެވެ. އަދި އިތުރު ވޯޓަކަށް 2022 ވަނަ އަހަރު ހިނގައި ދާނެ ކަމަށް ރިޕޯޓުތަށް ބުނެއެވެ.
ނިއު ކެލެޑޯނިޔާއަކީ 1853 ވަނަ އަހަރުއްސުރެ ފްރާންސުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.