ހުޅުލެއަށާއި ހުޅުމާލެއަށް ކުރަން ހމަޖެހިފައިވާ ބަސްދަތުރުތަކުގެ އަގު އިއުލާނު ނުކޮށް ފެރީ ހުއްޓާލާތީ މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
ޝިފާ ވިދާޅުވީ މިއީ އެކުއެކުގައި ކުރަންޖެހޭނެ ކަންތައްތައް ކަމަށެވެ.
ބްރިޖް ހުޅުވުމާއިއެކު ހުޅުމާލެ އިން މާލެ އައުމާއި މާލެއިން ހުޅުމާލެއަށް ބަހުގައި ކުރާ ދަތުރު ތަކަށް އެތައް ބައިވަރު ބަސްތަކެއް ރާއްޖެ ގެނައި ނަމަވެސް އަދި ވެސް ކުރަނީ ގަޑިއަކު ދަތުރެކެވެ. ބަސް ސްޓޭޝަން ހަދާފައި ހުރީ ހުޅުމާލޭގެ 1 ކޮޅުގައި ކަމަށްވުމުން ސްޕޭޝަނަށް ދިއުމަށް ޓެކްސީއަކަށް އަރަންޖެހެއެވެ.