ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ހަތަރު މީހަކު ހޯދަން އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 48ސ
ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ހަތަރު މީހަކު ހޯދަން އިއުލާން ކޮށްފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ވެފައިނުވާތީ  ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދަން މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މ.ވިންޑްސްކްރީން، ޢަބްދުއްރަޝީދު އިބްރާހީމް (58އ) އާއި ސ.ހިތަދޫ، ކާފޫރުގެ، އަޙްމަދު ޝަރީފް (43އ) އާއި ހދ.ވައިކަރަދޫ، ޖަންބުމާގެ، މުޙައްމަދު ނަވީން (24އ) އާއި ހދ.ވައިކަރަދޫ، ޖަންބުމާގެ، ޢަބްދުލް ޙަމީދު ޔޫސުފް (44އ) އެވެ.

މިމީހުންގެ ތެރެއިން ޢަބްދުއްރަޝީދު އިބްރާހީމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު  6ވަނަ ދުވަހުގެ 09:45ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު  6 ވަނަ ދުވަހުގެ 10:00ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށަ ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޢަބްދުލް ޙަމީދު ޔޫސުފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު  6 ވަނަ ދުވަހުގެ 11:00ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ނަވީން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު  6 ވަނަ ދުވަހުގެ 11:00ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ  މި ހަތަރު މީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން