އިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުން 2015 ވަނަ އަހަރުގެ ޖޫން މަހު އިސްތިއުފާ ދިނީ ވަޒީފާ އަދާ ކުރި މުއްދަތުގައި މަގާމުގެ ގާނޫނީ ޒިންމާ އަދާ ނުކުރެވޭނެކަން ޔަގީންވުމުން ކަމަށް އިބްރާހީމް އާތިފު ޝަކޫރު ވިދާޅުވެއްޖެއެވެ.
އާތިފު ވިދާޅުވީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުން 2015 ވަނަ އަހަރުގެ ޖޫން މަހު އިސްތިއުފާ ދިނީ ވަޒީފާ އަދާ ކުރި މުއްދަތުގައި މަގާމުގެ ގާނޫނީ ޒިންމާ އަދާ ނުކުރެވޭނެކަން ޔަގީންވުމުން ކަމަށާއި އެކަން އިސްތިއުފާދީ ފޮނުވި ސިޓީގައި ފާހަގަ ކުރެއްވި ކަމަށް އާތިފު ވިދާޅުވިއެވެ.
އާތިފު މިހެންވިދާޅުވީ މިހެންވިދާލުވީ އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކުރީގެ ފައިނޭންޝިއަލް އިންޓެލިޖެންސް ހެޑު އާތިފުއާއި ސުވާލު ކުރުން މުހިއްމު ކަމަށް ކުރީގެ ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްވިދާޅުވުމާއިގުޅިގެންނެވެ.