ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލްތައް ކަސްތޮޅުން ނައްޓާލާނެ ކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސް ދެއްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލްތައް ކަސްތޮޅުން ނައްޓާލާނެ ކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސް ދެއްވައިފި

ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް ކަސްތޮޅުން ނައްޓާލާނެ ކަމުގެ ޔަޤީންކަން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

 

"ޖަޒިރާ ހޮޅުއަށި" ޕްރޮގްރާމްގެ ތެރެއިން މިރޭ ދަރުބާރުގޭގައި ބޭއްވި ބަދަލުވުމުގައި އިންތިޚާބީ ރައީސް ވިދާޅުވީ ރައްޔިތުންނަށް ވީހައި ގާތުން ޚިދުމަތް ދެއްވުމަށްޓަކައި ކުރައްވާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުންވެސް ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު ވީހައި ގާތުން އައްސަވަން ކަމަށެވެ. އެހެންކަމުން މިއީ އެގޮތުން ކުރިއަށް ގެންދަވާ ފުރަތަމަ ޕްރޮގްރާމް ނަމަވެސް

 

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

 

"އަޅުގަނޑުމެން މިރޭ މިތަނަށް މިއައީ މާގިނަ ވާހަކަތަކެއް ދައްކާކަށް ނޫން. ތިއަބޭފުޅުންގެ އަޑު އަހަން. ރައްޔިތުންގެ އަޑު ވީހައި ގާތުން އަހާނަން، ސިވިލް ސޮސައިޓީ އާއި އެންޖީއޯ ތަކުގެ ދައުރު ކުރެވިގެންދާނެ. ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަޅުގަނޑުމެން ދެމުން ގެންދާނީ ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލްތައް މެދުވެރިކޮށް."

 

އިންތިޚާބީ ރައީސް ވިދާޅުވީ މާލެ ރަނގަޅުފެނަވަރަކަށް ތަރައްޤީ ކުރެވެން އެބަ ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކަމަށެވެ. "މާލޭގައި 8000 އަށްވުރެ ގިނަ 4 ފުރޮޅުލީ ވެހިކަލް އެބަ ދުއްވާ. 96،000 އަށްވުރެ ގިނަ ސައިކަލް އެބަ ދުއްވާ. ޕާކުކޮށްލާނެ ތަނެއް ނެތް. ހިނގައިލާނެ ތަންކޮޅެއް ނެތް. ، މިރޭގެ ބައްދަލުވުމުގެ ބޭނުމަކީ މި ކަންކަން ހައްލުކުރުމަށް ތިއަބޭފުޅުންގެ ޚިޔާލު އަޑުއެހުން." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން