ރުއްތަކެއް އެހެން ޤައުމަކަށް ގެންދިއުމަށްޓަކައި ރުއްތައް އަރުވައިގެން ފުރަން އުޅުނު ބޯޓު ފުރުމަށް ބޭނުންވާ ކަސްޓަމްސް ކްލިއަރެންސް ދިނުމަށް ނުވަތަ ރުއްތައް ބޯޓަށް އެރުވިއިރު އެކަން ބަލަން ބޯޓުގައި ކަސްޓަމްސް އޮފިސަރަކު ހުރިކަމަށް އީޕީއޭ އިން އިއްޔެ ވަނީ ބުނެފައެވެ.
"އެއިރު ބޯޓުގައި ކަސްޓަމްސް އޮފިސަރަކު ހުރި. ނަމަވެސް އެ ބޯޓަށް އަދި ޜާއްޖެއިން ފުރިފައެއް ނުވޭ."
އީޕީއޭގެ މިބަހާއި ގުޅިގެން ގިނަ ބައަކު އުފައްދާ ސުވާލަކީ "ރުއްތައް ވަގަށް ބޭރުކުރަން އުޅުނު ބޯޓަށް ކަސްޓަމް އޮފިސަރު އަރާ ކްލިއަރެންސް ދޭން ނުވަތަ އެކަން ބަލަހައްޓައިގެން ހުރީ ކަސްޓަމްސްއަށް ވަގަށް އަމިއްލަ ހައިޞިއްޔަތުން؟" ކަމާއިމެދުގައެވެ. އީޕީއޭ އިން ބުނީ މިކަމުގެ މައުލޫމާތު ލިބިފައިވަނީ އީޕީއޭ އާއި ކަސްޓަމްސް އާއި ދެމެދުގައި އިމްޓެލިޖެންސް ގުޅުން ޤާއިމުކޮށްފައިވާތީ ކަމަށެވެ.
އީޕީއޭގެ ވާހަކަތައް އިއްޔެ ހުރި ގޮތުން ރުއްތައް ކަނޑައި ވަގަށް ބޭރުކުރަން އުޅުން ފަދަ ކަންކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޒިންމާ އެބައޮތެވެ. މާލޭގައި ހުރި ބިޔަ ގަސްތައް ކެނޑުމުން ހައުސިންގ މިނިސްޓްރީ ޖުރުމަނާކުރި ނަމަވެސް ރުއްތައް ކެނޑި މައްސަލައިގައި ކެނޑުނު ރުއްތައް ޖުރުމަނާ ކުރި ކަމަކަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައެއް ނުވެއެވެ.