މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

 ގަލޮޅު ޕޮލިސް ސްޓޭޝަނުން މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ  މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވާ ހަށިގަނޑު ބަލައިފާސްކުރުމަށްފަހު މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ 12:20 އެހާކަންހާއިރު ހެންވޭރު ގުލިސްތާނު ގޯޅިތެރެއިންނެވެ.

އެވަގުތު މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ދެ ފުލުހުންނަށް މި މީހާ ފެނުމާއެކު، އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ވައަތުގެ މުށުތެރޭން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

 

ޙަބަރު ޕޮލިސް

މިއަދު އޮންލައިން