އަދީބަށް ދޭ ބޭހުގެ ބާރުގަދަކަމުން ކައިފިނަ ވެއްޓޭވަރުވޭ: ޢާއިލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަދީބަށް ދޭ ބޭހުގެ ބާރުގަދަކަމުން ކައިފިނަ ވެއްޓޭވަރުވޭ: ޢާއިލާ

ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ނައިބް ރއީސް އަހްމަދު އަދީބަށް ދޭ ބޭހުގެ ބާރުގަދަކަމުން ކައިފިނަ ވެއްޓޭވަރުވާ ކަމަށް ޢާއިލާ އިން ބުނެފިއެވެ. އަނބިކަނބަލުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބަށް ދެމުން ގެންދާ ބޭުގެ ބާރުގަދަ ކަމުން ބޭސް ކައިފިނަ އެނބުރުން އެރުން ފަދަ މައްސަލަތައްވެސް ކުރިމަތިވަމުން އަންނަކަމަށް އަދީބު މިއަދު ވިދާޅުވި ކަމަށެވެ.

ނަޝްވާ މި ޓްވީޓް ކުރައްވާފައިވަނީ ފުލުހުންނާއި ކަރެކްޝަންސް އަދި އެޗްއާރުސީއެމްގެ ސަމާލުކަމަށް މައްސަލަ ގެނައުމަށެވެ. އަދީބުގެ ސިއްޙީ ޙާލަތަށް ސީރިއަސް އެތައް ކަމެއް މެދުވެރިވެފައިވީ ނަމަވެސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ރައީސް ޔާމީނުގެ ސަރުކާރުން ގެނަދަނީ ދެކޮޅު ހަދަމުންނެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވަނީ ރާއްޖެއިން ފަރުވާ ލިބޭ ކަމަށް ޤަބޫލު ނުކުރާނަމަ "އަމިއްލައަށް" ހޮސްޕިޓަލެއް އަޅައިގެން ފަރުވާ ހޯދަން ލަފާ ދެއްވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.

މިއަދު އޮންލައިން