ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި!

ގއ. ވިލިނގިލީގައި މަސައްކަތް ކުރާ ފުލުސް އޮފިޝަލެއްގެ ސައިކަލުގައި ރޭ ވަގުތެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި، މި މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 3:07 އެހާއިރު އެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ. ނަމަވެސް، މި ހާދިސާއާއި ގުޅިގެން އަދި އެއްވެސް މީހަކުހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލުމުން، ބޭނުން ނުކުރެވޭ ވަރަށް އެސައިކަލު އަނދަފައި ވާއިރު، އެގޭ ދޮރާށްޓާއި ދޮންނަ މެޝިނު އަދި އޭސީ އައުޓްލެޓަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިއަދު އޮންލައިން