ސިނަމާލޭ ދާލން (ބްރިޖް) ގެ ދަތުރުތަކަށް ފީއެއް ނެގުމަށް މި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރި މަޝްވަރާތައް މަޑުޖައްސާލައި، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރަށް ކަމަށް ނިންމައިފިއެވެ.
ސިނަމާލޭ ބްރިޖްގެ ދަތުރުތަކަށް ފީއެއް ނެގުމުގެ މަޝްވަރާތަށް ރައީސް އަބްދު ﷲ ޔާމިންގެ ސަރުކާރުން ކުރިއަށް ގެންދިޔައީ، ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ.
ފީއަކާއި ނުލަ ބްރިޖްގައި ދަތުރުތައް ކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށް ރައީސް ޔާމިންގެ ސަރުކާރުން ޤަބޫލްކުރެއެވެ.
މައުލޫމަތު ލިބިފައިވަ ގޮތުން ބްރިޖްގެ ދަތުރުތަކުގެ އަގުތަށް ފެރީ ނިޒާމަށްވުރެ ހެޔޮ ކުރުމަށް ސަރުކާރުން ކުރި މަޝްވަރާތަކުގައި ވަނީ ވާހަކަ ދެކެވިފައެވެ.