އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް ވަޑައިގަތީ ހުށަހެޅިފައިވާ ނުވަތަ ބަލަމުން ގެންދާ އެއްވެސް މައްސަލައަކާއި ގުޅިގެން ނޫން ކަމަށާއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ބައެއް ކަންކަމާއި ގުޅިގެން ފުލުހުން އޮޅުންފިލުވަން ބޭނުންވި ބައެއްކަންކަން އޮޅުންފިލުވައި ދެއްވުމަށް ކަމަށް އިލެކްޝަނުން ބުނެފިއެވެ.
ކޮމިޝަނުގެ ޤާނޫނީ ވަކީލް ރިފްޢަތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއިބެހޭ އެއްވެސް މައްސަލައެއް ފުލުހުންވެސް އަދި އެހެން ފަރާތަކުންވެސް ބަލަމުން ގެންދާކަން ކޮމިޝަނަށް އެނގިފައި ނުވާ ކަމަށެވެ.
ރިފްޢަތު ވިދާޅުވީ ވޯޓު ކަރުދާސްތައް ނައްތައިލީ އެކަން ޢާނުކޮށް ކުރަމުން އަންނަ އުޞޫލުން ކަމަށާއި އެކަމަށް އޮންނަ ޤަވާއިދުން ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން އުފެދެންވީ އިތުރު އެއްވެސް މައްސަލައެއް އޮންނަން ޖެހޭނެ ކަމަށްވެސް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށެވެ.