ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޢަބްދުﷲ މަޞީޙް ވަކިކުރަން ހުށަހެޅި 2 ވަނަ ޕެޓިޝަނުގައި ސޮއިކޮށްގެން ވަކިކުރި 12 މެންބަރުން، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި ބައްދަލުކޮށްފި އެވެ.
އަދާލަތު ޕާޓީން ބުނެފައިވަނީ މި ބައްދަލުކުރުމުގައި ރާއްޖޭގެ ސިޔާސީ މަޝަރަހާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.