އެއްވެސް ސަރުކާރަކަށް އައްޑޫ ސިޓީގަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅައެއް ނުދެވުނު- ރައީސް ޞާލިޙް އެކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރަން: އައްޑޫ ރައްޔިތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެއްވެސް ސަރުކާރަކަށް އައްޑޫ ސިޓީގަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅައެއް ނުދެވުނު- ރައީސް ޞާލިޙް އެކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރަން: އައްޑޫ ރައްޔިތުން

ރާއްޖޭގައި މިހައި ތަނަށް ވެރިކަން ކުރި އެއްވެސް ސަރުކާރަކަށް އައްޑޫ ސިޓީގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅައި ނުދެވުނު ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކަން ކޮށްދެއްވާނެ ކަމަށް އުންމީދުކުރާކަމަށް އައްޑޫ ސިޓީގެ ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އައްޑޫ ސިޓީގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ ވާހަކައަކީ ފާއިތުވި 4 ސަރުކާރުންވެސް އެންމެ ބާރަށް ދައްކަމުން އައި އެއް ވާހަކަ ނަމަވެސް އެވާހަކަތައް ވެފައިވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްކި ހުވަފެން ތަކަކަށެވެ. ހޮސްޕިޓަލު އަޅަން މިވެނި އެވެނި ޤައުމަކުންނާއި ބޭންކްތަކުން ލޯނު ލިބިއްޖެ ކަމުގެ ވާހަކަތަކާއި 100 މިލިއަން ޑޮލަރު ވްނީ ލިބިފައި ކަމަށް މީޑިއާތަކަށް މައުލޫމާތުދީ ފަލަ ސުރުޚީތައް ހޯދި ނަމަވެސް މިއަދާއި ހަމައަށްވެސް އެކަން ކުރެވުނުތަން ފެނިފައެއް ނުވެއެވެ.

ރޮކެޓް ސްޕީޑުގައި މަޝްރޫއުތައް ނިންމަމުން ގެންދިއަ ކަމަށްބުނާ ރައީސް ޔާމީނުގެ ސަރުކާރުން ޑަބަލް ރޮކެޓްގައި އައްޑޫ ސިޓީގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމަށްޓަކައި އައްޑޫ ސިޓީގައި ހުރި އެންމެ އަގު ބޮޑު އަދި އެންމެ މުހިންމު ބިނާ ކަމަށްވާ ކޮންވެންޝަން ސެންޓަރު ހަލާލުކުކޮށްލި ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރު ނިމިގެން މިދަނީ އެކަން ނުކުރެވިއެވެ.

އައްޑޫ ސިޓީގައި ފެންވަރު ރަނގަޅު ޓަރޝަރީ ހޮސްޕިޓަލެއް ހުރުމުގެ މުހިންމުކަން ބޮޑުވާ ސަބަބުތަކުގެ ތެރޭގައި މާލެ ސިޓީ ފިޔަވައި އެންމެ ގިނަ ބައަކު ދިރިއުޅޭ ސިޓީކަމަށްވުމާއި އަދި މާލެ އާއި އެންމެ ދުރުގައި އޮތް ސިޓީކަމަށްވުމެވެ.

މިއަދު އޮންލައިން