ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 1މ 2ސ
ސިވިލް ކޯޓަށް ބަންދުގައި ބަހައްޓައިގެން  ޙާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދަން  ފުލުހުން މަސައްކަތް ކުރަމުންނެވެ.

 މި އަމުރުތަކާ ގުޅިގެން ހޯދަނީ ރ. އިންނަމާދޫ، މެހުރާ، ޢަލީ މިސްބާޙް (38އ) އާއި ދަފްތަރު ނަންބަރު 6736، ޙަސަން މުޙައްމަދު (58އ) އެވެ.

މިދެމީހުންގެ ތެރެއިން ޢަލީ މިސްބާޙް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 8 ވަނަ ދުވަހުގެ 10:00ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އަދި ޙަސަން މުޙައްމަދު ހޯދަމުންދަނީ  ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 8 ވަނަ ދުވަހުގެ 11:30ށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މިދެމީހުންނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދެއެވެ. 

މިއަދު އޮންލައިން