ކޮރަޕްޝަނުގެ ފައިސާ ހޯދުމަށް އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ކޮރަޕްޝަނުގެ ފައިސާ ހޯދުމަށް އެމެރިކާގެ އެހީތެރިކަން ރާއްޖެއަށް!

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖޭގައި ކޮރަޕްޝަނުގެ ސަބަބުން ދައުލަތުގެ މާލިއްޔަތުން ގެއްލުނު ފައިސާ އަންނަ ސަރުކާރެއްގައި ދައުލަތަށް އަނބުރާ ހޯދައި ދިނުމަށް އެމެރިކާ އިން އެހީވާން ތައްޔާރަށް އޮތް ކަން ހަމަކޮށްފިއެވެ.


އެމެރިކާގެ ލޮސް އެންޖެލިސް ޓައިމްސް ނޫހުގެ ރިޕޯޓެއްގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއި ހަވާލާދީ ބުނެފައިވަނީ، ކޮރަޕްޝަނުގެ ފައިސާ ހޯދުމަށް އެމެރިކާގެ އެހީތެރިކަމަށް އެދުމަށް އެމަނިކުފާނު ވިސްނަވާ ކަމަށެވެ.


އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އެމެރިކާ އިން ރައީސް ޞާލިޙްގެ ސަރުކާރަށް، ކޮރަޕްޝަންގެ ސަބަބުން ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް އެހީތެރިވާން ތައްޔާރަށް އޮތް ކަމަށެވެ. އެގޮތުން އެފްބީއައި އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން އެ ފައިސާތަކަށް ވީގޮތް ހޯދުމަށް އެހީވާނެ ކަމަށް އޮފިޝަލާ ހަވާލާދީ އެ ނޫހުން ބުނެ އެވެ.
 

ރައީސް ޔާމީނުގެ ސަރުކާރުން މީގެ ކުރިން ސަރުކާރަކުން ރާއްޖޭގައި ނުހިންގާވަރުގެ ބޮޑެތި ކޮރަޕްޝަނާއި، ހިޔާނާތާއި، ވައްކަންތައް ހިންގާފައިވާ ކަމަށް އެތަށް ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

މިއަދު އޮންލައިން