ޓާޓާ އާއި ގުޅީފަޅުން ނެގި ފުލެޓްތަކަށް ބަދަލުގެ ގޮތުގައި ފްލެޓް ލިބޭ މީހުން އިއުލާންކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޓާޓާ އާއި ގުޅީފަޅުން ނެގި ފުލެޓްތަކަށް ބަދަލުގެ ގޮތުގައި ފްލެޓް ލިބޭ މީހުން އިއުލާންކޮށްފި!

ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް "ހިޔާ މަޝްރޫއު" ގެ ދަށުން ދޭން ނިންމި 300 ފްލެޓް ގެ ހައްޤުވެރިން އިއުލާންކޮށްފިއެވެ.


ހައުސިން މިނިސްޓްރިން އިއްޔެ ވަނީ ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް ދޭން ނިންމި 300 ފްލެޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު "H18" ކެޓަގަރީގެ ނަމުގައި އިއުލާން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

 

ހަމައެހެންމެ، ހައުސިންގް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ވެސް މި ލިސްޓް ފެންނަން ހުންނާނެ އެވެ.


ގުޅީފަޅުން ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކުން ބުނާ ގޮތުގައި ހުޅުމާލޭން އެފަރާތްތަކަށް ފްލެޓް ދިން ނަމަވެސް، އެއީ އެކަށީގެން ވާ ބަދަލެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަ ކުރަނީ ފުލެޓްގެ ސައިޒެވެ. އެގޮތުން ހުޅުމާލޭން ދޭން ނިންމީ 500 އަކަ ފޫޓުގެ ފްލެޓްތަކެވެ. ނަމަވެސް، ގުޅީފަޅުން އެންމެ ކުޑަކޮށް ގަތް މިހާވެސް ގަނެފައި ވަނީ 600 އަކަ ފޫޓެވެ.

މިއަދު އޮންލައިން