އިންތިޚާބީ ރައީސް އާއި ކޯލިޝަނުގެ އިސް ބޭފުޅުން ޢުމްރާއަށް ފުރާވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އިންތިޚާބީ ރައީސް އާއި ކޯލިޝަނުގެ އިސް ބޭފުޅުން ޢުމްރާއަށް ފުރާވަޑައިގެންފި

އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ކޯލިޝަނުގެ އިސް ބައެއް ބޭފުޅުން ޢުމްރާއަށް ފުރާވަޑައިގެންފިއެވެ.

 

ޢުމްރާއަށް މިއަދު ފުރާވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ޖޭޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ޢާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ އާއި އަދާލަތު ޕާޓީގެ ނައިބް ރައީސް ޢަލީ ޒާހިރު އާއި ކޯލިޝަނުގެ ބައެއް މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

 

 

 

އިންތިޚާބީ ރައީސް އަށާއި ފުރާވަޑައިގެންނެވި ހުރިހާ ބޭފުޅުންނާއި އެއާޕޯޓުގައި ސައުދީ އެމްބަސީގެ އިސް އޮޝަލުން ބައްދަލުކުރެއްވެވިއެވެ. ހުރިހާ ބޭފުޅުންވެސް ފުރާވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުވި ޚާއްޞަ ޖެޓެއްގައެވެ.

 

މިއަދު އޮންލައިން