ތައިލޭންޑް ގެ މޯލްޑިވްސް ބީޗް ރިސޯޓު ބަންދުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ތައިލޭންޑް ގެ މޯލްޑިވްސް ބީޗް ރިސޯޓު ބަންދުކޮށްފި

ތައިލޭންޑްގައި މޯލްޑިވްސް ބީޗް ރިސޯޓު ގެ ނަމުގައި އެގައުމުގެ އަމިއްލަފަރާތަކުން ހިންގަމުންއަން ރިސޯޓު ބަންދުކޮށްފިއެވެ.

 

ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން މި ރިސޯޓް ބަންދުކުރީ މިތަނުގެ ބައެއް މޫދު ކޮޓަރިތައް ހުއްދަ ނުނަގާ ހަދާފައިވާކަން ފަޅާއެރުމާއި ގުޅިގެންނެވެ. މިކަން ފަޅާއެރީ، ބަޔަކު އެ ގައުމުގެ މެރިން އެންޑް ކޯސްޓަލް ރިސޯސަސް ޑިޕާޓްމަންޓަށް މައްސަލައެއް ހުށަހެޅުމުނެވެ.

 

މި ރިސޯޓަކީ ރާއްޖޭގެ ނަން ބޭނުންކޮށްގެން ތައިލޭންޑްގައި މަޝްހޫރުކަން ހޯދައިފައިވާ ތަނެކެވެ.

މިއަދު އޮންލައިން