ދަރަނިން ފޯވެފައިވާ ބައްޕައެއް، އުންމީދަކީ ދަރިފުޅު ސަލާމަތް ކުރުން!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ދަރަނިން ފޯވެފައިވާ ބައްޕައެއް، އުންމީދަކީ ދަރިފުޅު ސަލާމަތް ކުރުން!

ކުޑަކުޑަ އުލާސް އަކީ އެހެން ކުދިންނެކޭ އެއްފަދައިން ސްކޫލަށް ގޮސް ކިޔަވާ ހަދާ ކުއްޖެކެވެ. 

 

އުމުރުން 9 އަހަރުގެ އުލާސް ފެނުމުން، އޭނާއަކީ ބަލި ކުއްޖެކޭ އެކަކަށް ވެސް ހިއެއް ނުވެއެވެ. ނަމަވެސް އޭނާއަކީ އުފަންވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނުރައްކާތެރި ލޭގެ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ. އެބަލީގެ ސަބަބުން ކޮންމެ މަހަކު އުލާސްގެ ގަޔަށް ލޭ އަޅަން ޖެހެއެވެ. 

 

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އުލާސް އަށް ޖެހިފައިވާ އާދަޔާ ޚިލާފު އެބަލިން އޭނާ ސަލާމަތްވާނީ، އޭނާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިގެންނެވެ. އެކަމަށްޓަކައި ވީއެންމެ އަވަހަކަށް 43 ލައްކަ ރުޕީސް އެޖޮސްޕިޓަލަށް ދެެއްކުމަށް ޑޮކްޓަރުން އުލާސް ގެ ބައްޕަ، ޕްރަބާކަރް ކައިރީ ބުނެފައިވެއެވެ. 

 

ޕްރަބާކަރް ބުނި ގޮތުގައި މިހާރުވެސް އޭނާވަނީ ވަރަށް ގިނަ މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގާފައެެވެ. އެއީ ދަރިފުޅަށް ކޮންމެ މަހަކު ލޭ އަޅަން ޖެހުމުންނާއި ޕްރަބާކަރް އަކީ އެވަރު ބޮޑު މުއްސަންޖަކަށް ނުވުމުންނެވެ. 

 

ޕްރަބާކަރްގެ ދަރަނީގެ އަދަދު މިހާރު 18 ލައްކައަށް އަރާފައިވާއިރު، ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ކުރެވޭނެ ގޮތެއް އަދި ވަނީ ނުފެނިފައެވެ. 

އެހެންކަމުން އޭނާވަނީ، އޭނާގެ ދަރިފުޅު ސަލާމަތް ކޮށްދިނުމަށް އެހީއަށް އެދިފައެވެ.

މިއަދު އޮންލައިން