އައްޑޫ ސިޓީ ލިންކް ރޯޑުގައި، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހި ފުރޮޅާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 11:56 ހާއިރު އައްޑޫ ސިޓީ ލިންކް ރޯޑުގައި، ކުނިކޮށީގެ އިރުމަތީ ފަރާތު ކަންމަތިންނެވެ.
ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރު ގަހެއްގައި ޖެހި ފުރޮޅާލުމާއި ގުޅިގެން ކާރުގައި ތިބި ދެ މީހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި ފުރޮޅާލި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.